އިދިކޮޅު އެމްޑީޕީ ޖަލްސާތަކުގަ ގޮނޑި ހުންނަނީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު ބޭނުންގޮތަށް ކަމަށާއި، ޖަލްސާއިން ފުރުސަތު ލިބެނީ ފައްޔާޒު ބޭނުން ބަޔަކަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޖަލްސާގެ ދައުވަތު އަރުވާ އެޕާޓީން ކުރި ޓްވީޓަކަށް ރައްދު ދެމުން މޫސަބުނީ ދައުވަތު އެންމެނަށް އަރުވާއިރު އިށީންނަން ގޮނޑި ހުންނާނީ ޗެއަރ ވިދާޅުވާ ހުއްދަދޭ ބަޔަކަށް ކަމަށެވެ.
މީގެ އިތުރުން ޕޯޑިއަމްގަ ވާހަކަދައްކަން ފުރުސަތު ލިބޭނީ ޗެއަރ ފައްޔާޒު ވިދާޅުވެގެން ޑިޕުޓީ ޗެއަރ ހުއްދަދެއްވާމީހަކަށް ކަމަށާއި އެހެން ނަމަވެސް ދަޢުވަތު އެންމެނަށް އަރުވާކަމަށެވެ. އަދި މިއީވެސް އެމްޑީޕީ ކަމަށް މޫސަ ވިދާޅުވިއެވެ.
ގުޅުންހުރި ލިޔުންތައް