ވައިގެ ދިފާއުގެ ސަބަބުން، އިސްރާއީލް ހަމަލާތައް ދިޔައީ ޗޮކުހުން: އީރާން
ދެންމެ | 26 އޮކްޓޯބަރ 2024

އީރާނުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިސްރާއީލުން އެގައުމަށް ދިން ހަމަލާތަކުގައި އިލާމް، ޚުޒެސްތާން އަދި ތެހެރާން ޕްރޮވިންސްތަކުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ”ލިމިޓެޑް ގެއްލުންތަކެއް“ ލިބިފައިވެ އެވެ.

އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ބަޔާން ދައުލަތުގެ ޓީވީން އަޑުގަދަކޮށް ކިޔާފައިވާއިރު، އެ ޓީވީން ހަމަލާތައް ދިން ތަންތަނުގެ އެއްވެސް ތަސްވީރެއް ނުފެނެ އެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ވައިގެ ދިފާއީ ނިޒާމުގެ ސަބަބުން އިސްރާއީލުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް ހަނިވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!