އިސްތަށި ފައިބައި ތުންފަތް ހަލާކު ވަނީ ވިޓަމިން މަދުވުމުން!
ދެންމެ | 27 އޮކްޓޯބަރ 2024

ހަށިގަނޑަށް ބޭނުންވާ ވަރަށ ވިޓަމިން ނުލިބޭނަމަ އެކަމުގެ ސަބަބުން ތަފާތު އެކި މައްސަލަތައް ޮ. އެހެންކަމުން ސިއްހީ މައްސަލަތައް ގޯސްވުން ހުއްޓުވުމަށްޓަކައި ވިޓަމިން މަދު ވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ދެނެގަންނަން ކޮންމެ މީހަކަށްވެސް އެނގުމަކީ ވަރަަށް މުހިންމު ކެމެކެވެ. ތިރީގައި މި ހިމަނާލަނީ ވިޓަމިން މަދުވުމުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކެވެ.

 

ތުންފަތް ކައިރި ހަލާކުވުން

ތުންފަތް ކައިރި ހަލާކުވުމަކީ ހަަށިގަނޑުގައި ވިޓަމިނެއް މަދުވުމުން ދިމާވާ މައްސަލައެކެވެ. މި މައްސަލަ ދިމާވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ބީ ވިޓަމިން ނުލިބޭތީއެވެ. މި މައްސަލަ ދިމާވުމުން ތުންފަތް ކައިރީގައި ހުންނަ ހަންތައް ހަލާކުވެ ކަނޑައިގެން ގޮސް، އެކަމުގެ ސަބަބުން މީހާ ވަރަށް ވޭނުގައި އުޅެން ޖެހެއެވެ.

 

އިސްތަށި ފޭބުން

ބޮލުން އިސްތަށި ފޭބުމާއި ބޮލުގެ އިސްތަށިގަނޑު ތުނިވުމަކީވެސް ހަށިގަނޑުގައި ވިޓަމިނެއް މަދުވުމުން ދިމާވާ މައްސަލައެކެވެ. މި މައްސަލަ ދިމާވަނީ ބައޮޓިން، އަޔަން، ޒިންކު ނުވަތަ ވިޓަމިން ޑީ މަދުވުމުންނެވެ. ބޮލުން މާބޮޑަށް އިސްތަށިފައިބާނަމަ ނިއުޓްރިއެންޓު މަދުތޯ ބަލަން ޓެސްޓު ހެދުމަކީ ވަރަށް މުހިންމު ކެމެކެވެ.

 

އަތާއި ފައި އައްސިވުން

އަތާއި ފައި އައްސި ވުމަކީވެސް ހަށިގަނޑުގައި ވިޓަމިނެއް މަދުވުން ދިމާވާ ކެމެކެވެ. މި މައްސަލަ ދިމާވަނީ ވިޓަމިން ބީ12، ބީ6 ނުވަތަ ބީ9 މަދުވުމުންނެވެ. މި ވިޓަމިން ތަކަކީ ނާރުތަކަށް ވަރަށް ބޭނުންތެރި މާއްދާތަކެއް ކަމުން ހަށިގަނޑުން މި މަދުވުމުން ނާރުތައް ހަލާކުވެ، އޭގެ ސަބަބުން މީހާގެ އަތާއި ފައި އައްސިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!