ވައްކަން ކޮށްގެން ފެނަކަ ސައީދު ޕާސްޕޯޓް ހިފަހައްޓައިފި
ދެންމެ | 29 އޮކްޓޯބަރ 2024

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފަހައްޓައިފި އެވެ.

ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު ހިންގެވިކަމަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން އޭނާ އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްފަހުން އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ސައީދު ވަޑައިގެންނެވި އެވެ.

އޭނާ ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގަތުމުން ހިނގަމުންދާ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގައި އޭސީސީން އެދިގެން ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވެ އެވެ.

އޭސީސީ އިން ބުނީ ސައީދުއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

ސައީދު ވަނީ އޭނާއަށް އަމާޒުވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.

އޭސީސީ އިން ބަލަމުންދާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީވެސް ފެނަކަ އާއި ގުޅުންހުރި މައްސަލަތައް ކަމަށް އެނގިފައިވެ އެވެ. ހިޔާނާތުގެ ތުހުމަތާ އެކު އެންމެ ބޮޑަށް އަޑިއަޅާލާފައިވާ އެއް ކުންފުންޏަކީ ފެނަކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!