ދުފާ ހުނީގެ ބަދަލުގައި ކޯނިސްޕައުޑަރު ބޭނުމެއް ނުކުރޭ: ޙަލީލް
ދެންމެ | 30 އޮކްޓޯބަރ 2024

ދުފާ ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރ ބޭނުން ކުރި ވާހަކައަކީ ދޮގެއް ކަމަށް މިނިސްޓަރ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް ވަނީ ބިދޭސީން ހިންގާ ކެފޭއަކާއި ގުޅިގެން ދެކެވުނު އެހެން މައްސަލައެއް ބަލާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދުފައިރު ބޭނުންކުރާ ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރުދޭކަމަށް ބުނާ މައްސަލަ ބެލިއިރު އެ ހަގީގަތެއް ނޫންކަން އެނގިފައިވާކަމަށްް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

“ އަޅުގަނޑުމެންނަށް ދާދި ފަހުން އައި ޝަކުވާއަކާ ގުޅިގެން، އެއީ ދުފާ އެއްޗެހީގައި ބޭނުންކުރާ ހުނީގެ މައްސަލަ. އޭގެ ޓެސްޓުގެ ނަތީޖާ ވެސް ލިބިއްޖެ، އިއްޔެ ހަވީރުގެ ވަގުތެއްގައި، އެ ހަމަ ރަނގަޅު ހުނި ބޭނުންކޮށްފައި ހުރީ. އެއްގޮތަކަށް ވެސް ކޯނިސް ފައުޑަރެއް ނޫން،“ ހަލީލް ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ދަނީ ހަޑިމުޑުދާރު ތަންތާގައި ކާއެއްޗެތި ހަދާ ދިވެހިންނަށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ބީދޭސީ އަތުލައިގަންނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!