ބަގުރޫޓް ފައްޔާޒު ބޭއްވި މުޒާހަރާ ވެސް މީހަކު ނުނިކުތުމުން ބަގުރޫޓު ވެއްޖެ
ދެންމެ | 30 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީސް ހުންނަ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީން މުޒާހަރާ ފަށައިފިއެވެ.

މި މުޒާހަރާގައި އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން މުޒާހަރާ ކުރަމުން ދަނީ ރައްޔިތުން ނުހަނު ބުރަ މަސައްކަތުން ގެނައި ޑިމޮކްރަޓިކް ނިޒާމު ފުނޑާލާ، އިލެކްޝަން ކޮމިޝަނާ އޭސީސީގެ ބާރުތައް ރައީސް ޑރ. މުޢިއްޒުގެ މުށުތެރެެއަށްލުމުގެ މަސައްކަތް ސަރުކާރުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ފަށާފައިވާތީ ކަމަށެވެ.

އޭގެ އިތުރުން މި މުޒާހަރާއަކީ ލާމަރުކަޒީ ނިޒާމު ދިފާޢުކޮށް ގޮށްމުށުން ވެރިކަން ކުރުމާ ދެކޮޅަށް ކުރަމުންދާ ސުލްހަވެރި އިހްތިޖާޖެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި އިޙްތިޖާޖުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ސަރުކާރުން މި އަހަރަށް ފާސްކުރި ބިޔަ ބަޖެޓް ހުސްވެގެން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް 49 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކުރިގޮތް ރައްޔިތުންނަށް ބުނެދީފައި ނުވާކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން މިއަދު ވަނީ ރައްޔިތުން ގޭގައި ނުތިއްބަވާ ޤައުމު ސަލާމަތް ކުރުމުގެ މަސައްކަތަށް މަގުތަކަށް ނިކުތުމަށްވެސް ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!