ރޭގަނޑު ނިދާނެ ގޮތް!
ދެންމެ | 31 އޮކްޓޯބަރ 2024

އަޅުގަޑަކީ ރޭގަނޑު އަވަހަށް ނިދަން ބޭނުންވާ މީހެކެވެ. 9 ޖެހީމާ ނިދަން މަސައްކަތް ފަށަމެވެ. ނަމަވެސް ނިދި އަންނަނީ ވަރަށް ލަހުންނެވެ. ބައެއް ރޭރޭ 12 ޖަހާއިރުވެސް ނިދެއެވެ. އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫނެވެ. މިކަމަށް ޙައްލެއް ނުވަތަ ފަރުވާއެއް ބުނެދީބަލަ!

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެ ޢަމަލުކުރައްވަން ފަށްޓަވާށެވެ! ނިދެންފަށާނެއެވެ. އިން ޝާ ﷲ

ރޭގަނޑު ނުނިދޭ ޒުވާނުންވެސް ވަރަށް ގިނައެވެ. މިދައްކަނީ ނުނިދާ ޤަޞްދުގައި ހޭލައި އުޅެން ބޭނުންވެގެން ނުނިދާ އެލޭ ޒުވާނުންގެ ވާހަކައެއް ނޫނެވެ. ނިދަން ބޭނުންވި ނަމަވެސް ނިދަން މަސައްކަތްކުރުމުންވެސް ނުނިދޭ ޒުވާނުންގެ ވާހަކައެވެ.

މިފަދަ މައްސަލަތައް ޢާންމުގޮތެއްގައި މެދުވެރިވަނީ ފިކުރުކުރެވޭ ކަންކަން ގިނަވުމުންނެވެ. ދިރިއުޅުމުގައި ކަންބޮޑުވާންޖެހޭ ކަންކަންވެސް ގިނަވުމުންނެވެ. ސިކުނޑިއަށް ބާރުބޮޑުވުމުންނެވެ. ލޯބީގެ ކުޅިގަނޑަށް ފަށައިގަތުމުންވެސް ނިދަން ހުރަސްތަކެއް އެޅެއެވެ.

ނުނިދުމުން އެއީ ނަފްސާނީ މައްސަލައެއް ކަމަށް ބަލައި ޑޮކްޓަރަށް ދައްކައިގެން ފަރުވާވެސް ހޯދައެވެ. އެޙާލަތުގައި ”މައިލްޑް“ ފަރުވާއެއްކަމަށް ބުނެފައިދޭ ބޭހުގެ ސަބަބުން ހަށިގަނޑަށް ގެއްލުންތައް ލިބެއެވެ. ލިބޭ ގެއްލުންތަކުގެ ތެރޭގައި ނާރުތަކުގެ ބާރުދެރަވުން ފަދަ ކަންކަންވެސް ހިމެނެއެވެ.

އެހެން ގޮތެއް ނެތިގެންނޫނީ އެބާވަތުގެ ބޭސްބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ކޮންމެހެން ބޭނުންކުރަން މަޖުބޫރު ޙާލަތަކަށް ހިނގައްޖެނަމަ ބޭސް ބޭނުން ނުކުރަން ބުނަނީއެއް ނޫނެވެ. ނަމަވެސް ޙައްލު ހޯދުމުގައި ކާމިޔާލިބޭ ގޮތެއްގެ ވާހަކަ މިބުނެލަނީ ގިނަ ބައަކު މިކަން ތަޖުރިބާކޮށް ކާމިޔާބު ހޯދާފައިވާތީއެވެ.

ނިދުމުގައި ދަތިތައް ކުރިމަތިވާނަމަ އާދައިގެމަތިން ޢިޝާނަމާދުކޮށް ފަހު ސުންނަތުގެ 4 ރަކްޢަތްކޮށްލާށެވެ. ފުރިހަމަ ގޮތުގައި 4 ރަކްޢަތްކޮށް ނިމޭއިރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އަންނާނެއެވެ. އެހިސާބުން ތެދުވެ ރޭގަނޑުގެ ކާށެވެ.

ފިރިހެނުން ޢިޝާނަމާދުކޮށް ޛިކުރުކުރުމަށްފަހު ގެއަށް ގޮސް ގޭގައި ފަހު ސުންނަތުގެ 4 ރަކްޢަތް ކުރާށެވެ.

I stayed overnight in the house of my maternal aunt Maymoonah bint al-Haarith, the wife of the Prophet (ﷺ), and the Prophet (ﷺ) was with her because it was her night.

The Prophet (ﷺ) prayed ‘Isha’, then he came to his house and prayed four rak‘ahs.

Then he went to sleep, then he got up and said: “The little boy has gone to sleep”, or similar words. Then he went and stood (to pray) and I stood on his left, but he made me stand on his right. He prayed five rak‘ahs, then he prayed two rak‘ahs, then he went to sleep, until I could hear him breathing deeply. Then he went out for the prayer. [Narrated by al-Bukhaari (117)]

ކައިގެން ކުޑައިރުކޮޅެއްކޮށްލާފައި ވިތުރިކުރާށެވެ. 3 ރަކްއަތް ކުރުމުންވެސް ވިތުރި ކުރެވުނީއެވެ. ނަމަވެސް 2 ރަކްޢަތްކޮށްފައި ހިނދުކޮޅަކު ޤުރްއާންކިޔަވަން މަޑުކޮށްލާށެވެ. އަނެއްކާވެސް 2 ރަކްއަތްކޮށްލާށެވެ. މިގޮތަށް 2،4،6،8 ރަކްއަތްވެސް ކުރެވިދާނެއެވެ. އެއަށްފަހު 1 ރަކްއަތްކޮށް ނިންމައިލާށެވެ.

ވިތުރިއަށްފަހު ކުރާ ދުޢާގައި ތިމާ އެދޭކަންކަން ހިމަނާށެވެ. އެއިގެތެރޭގައި އަރާމު ނިންޖެއް ދެއްވެވުމަށްވެސް އެދޭށެވެ. ތިބާއަށް ނިދެން ފަށާނެއެވެ. އިން ޝާ ﷲ

މިއީ އެއްވެސް ޙާލެއްގައި ވިތުރިއަކީ ނިދީގެ ފަރުވާއެއް ކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް ރޭއަޅުކަމަކީ ހުރިހާ މައްސަލަތަކަށްވެސް އޮތް ފަރުވާއެކެވެ. ބަލިތަކަށް އޮތް ޝިފާއެކެވެ. ވިތުރިއަކީވެސް ރޭއަޅުކަމެވެ. އަދި މިބުނެދިނީ ގިނަ ބައަކަށް ކާމިޔާބު ކަމެއްގެ ގޮތުގައި ތަޖުރިބާކުރެވިފައިވާ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އިޚްލާޞްތެރިކަމާއިއެކު ނިކަން ތަޖުރިބާކޮށްލައިބަލާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

އަދި ކީއްހެއްޔެވެ؟ އެއިރުން ތިބާއަށް ރޭއަޅުކަންވެސް ކުރެވުނީއެވެ. ދެން ތިބާއަށް ހޭލެވިއްޖެނަމަ އިތުރަށްވެސް ރޭއަޅުކަންކުރާށެވެ. ރޭއަޅުކަން ކުރަން ވަކި ޢަދަދެއް ނެތެވެ. އޮތީ އެމީހަކަށް ކުރެވުނު ވަރެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!