ގެއަކަށް ވަދެ، ވަޅިން ބިރުދައްކައި ފޭރުނު އަންހެނަކު ހައްޔަރުކޮށްފި
ދެންމެ | 31 އޮކްޓޯބަރ 2024

މާލޭގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) އެވެ.

ފާޠިމަތު ޢަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 22:08 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރުދައްކައި ފޭރިފައިވާ މައްސަލައާ ގުޅިގެންނެވެ.

ފާޠިމަތު ޢަލީގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފާޠިމަތު ޢަލީއާއެކު މި އަމަލު ހިންގުމުގައި ބައިވެރިވެ، އެހީތެރިވިކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!