ރައީސް އިސްވެހުރެ، ސިފައިންގެ ބިޔަ ލަސްކަރާއިއެކު ފަތިސް ނަމާދުން ނަސްރުގެ ދުވަސް ފަށައިފި
ދެންމެ | 03 ނޮވެމްބަރ 2024

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ކުރި މި ފަތިސް ނަމާދުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ފަތިސް ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އޮންނާނެ އެވެ. އެއަށްފަހު ދެން އޮންނާނީ ”ނަޞްރު ދުވަހުގެ ސިފައިންގެ މައުރަޒު“ ހުޅުވުމެވެ. މިއަހަރުގެ ”ސިފައިންގެ މައުރަޒު“ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގަ އެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ޚާއްޞަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިރޭ ބާއްވާ ނަޞްރު ދުވަހުގެ ޚާއްޞަ ޖަލްސާ އޮންނާނީ ދަރުބާރުގޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!