ޔާމިން ވަނީ ޕީޕީއެމާއި ޕީއެންސީގެ ފައިސާގެ 90 ޕަސަންޓު ވަގަށް ނަގާފަ: ފަލާހް
ދެންމެ | 04 ނޮވެމްބަރ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމް އަދި ޕީއެންސީއަށް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސަންޓު ވަގަށް ނަގާފައި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ރައްޔަތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަލާހު ވުދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކުހުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާ، ޕާޓީ ހިންގުމަށް ދިނުމުން އެ ފައިސާ ވަގަށް ނަގާފައިވަނީ ޔާމީން ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ ޔާމީންގެ ޕާޓީ ޕީއެންއެފްގައި މިހާރު 3،000 މެންބަރުން ވެސް ނުތިބޭނެ ކަމަށެވެ. އަދި އިންތިހާބުތަކުގައި ބައިވެރިނުވާ އަދި ރައްޔިތުންގެ ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ދައުލަތުން ފައިސާ ނަގައިގެން ތަންތަނުގައި ކުދިކުދި ޖަލްސާ ބާއްވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލާހު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ގޮވާލައި، ވަކި މުއްދަތެއްގެ ތެރޭގައި މެންބަރުން އިތުރު ނުކުރެވޭ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!