މޫނު އޮމާން ކުރުމަށް ބިސް އުގުޅުމަށް ވުރެ މޮޅު ގޮތެއް ނެތް!
ދެންމެ | 09 ނޮވެމްބަރ 2024

މޫނުގެ ހަންގަނޑު ޒުވާންކަންމަގީ ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ހަންގަނޑުގައި ރޫޖެހުން ހުއްޓުވައި އޮމާންކަންމަތީ ބަހައްޓަން މީހުން ބޮޑު ހަރަދުކޮށް ޓްރީޓުމެންޓުތައްވެސް ނަގައެވެ. ނަމަވެސް މިފަދަ އަގުބޮޑު ޓްރީޓުމެންޓުތައް ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަގު ބޮޑު ޓްރީޓްމެންޓުތަކުގެ ބަދަލުގައި ބިހުން ތައްޔާރު ކުރާ ”އެގް މާސްކު“ ބޭނުންކޮށްގެންވެސް ހަންގަނޑު ޒުވާން ކަންމަތީ ބެހެއްޓިދާނެއެވެ. ބިހުން ތައްޔާރު ކުރާ މި މާސްކަކީ މޫނުގައި ލައިނުތަކާއި ރޫ ޖެހުން ހުއްޓުވައިދީ މޫނުގެ ހަންގަނޑު އޮމާން ކުރުމަށް އެހީވެދޭ އެއްޗެކެވެ.

 

ތިރީގައި މި ހިމަނާލަނީ ”އެގް މާސްކު“ ތައްޔާރު ކުރާނެ ގޮތެވެ.

މި މާސްކު ތައްޔާރު ކުރުމަށް ބޭނުންވާނީ ބިހުގެ ހުދު ބައި، މާމުއި، ލުނބޯ ހުތް، އެލޮވީރާ، މާޗާ ޕައުޑަރު، ރީނދޫ، އަދި ޔޯގަޓެވެ.

މި މާސްކު ތައްޔާރު ކުރުމަށްޓަކައި މި ހުރިހާ މާއްދާތަކެއް ބޯތައްޓަކަށް އެޅުމަށްފަހު (ކޮންމެ އެއްޗަކުން ސަމުސަލެއް) ރަނގަޅަށް އެއްކޮށްލާނީއެވެ.

އެއަށްފަހު މޫނު ރަނގަޅަށް ދޮވެލުމަށްފަހު މޫނުގައި އުނގުޅާލާނީއެވެ.

އަދި 15 މިނެޓު ވުމުން ތާފަނާ ފެންފޮދަކުން މޫނު ރަނގަޅަށް ދޮވެލާނީއެވެ.

 

މި މާސްކުން ލިބޭ ފައިދާތައް

– މޫނުގައި ހުންނަ ވަޅުތައް ފިލާ މޫމު ހައިޑްރޭޓުވެ، ހަންގަނޑު ޒުވާން ކަމަށް ދައްކާ މޫނުގައި ހުންނަ ކަޅު ތަންތަން ފިލައި މޫނުމަތި އަލިވުން

– މޫނު ދުޅަވުން ހުއްޓުވައިދީ މޫނުމަތި އޮމާންވުން

– ފްރީ ރެޑިކަލް ތަކުން މޫނުގެ ހަންގަނޑު ރައްކާތެރި ކޮށްދިނުން

 

އެހެންކަމުން މޫނުގެ ހަންގަނޑު ރީތިކޮށް، ޒުވާންކަންމަތީ ބަހައްޓަން ބޭނުންނަމަ މި މާސްކު ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ. ގޭގައި ފަސޭހަކަމާއެކި ތައްޔާރު ކުރެވޭ މި މާސްކަކީ ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!