މިސް ޔުނިވާސް ކާމިޔާބު ކުރަން ދިވެހިންގެ ވޯޓަށް ޝައިނާ އެދިއްޖެ
ދެންމެ | 09 ނޮވެމްބަރ 2024
މިސް ޔުނިވާސް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ މަރިޔަމް ޝައިނާ ނަސީމް އޭނާއަށް ވޯޓު ދިނުމަށް ދިވެހިންގެ ގާތުން އެދިއްޖެއެވެ.

މެކްސިކޯގައި މިހާރު އޮންނަމުންދާ މި މުބާރާތުގައި ބައިވެރިވުމަށް ޝައިނާ ދިޔައީ ސަރުކާރުން ނުރުހުން ފާޅުކުރުމަށް ފަހުގައެވެ. ޔޫތު މިނިސްޓްރީން ބުނެފައިވަނީ އިސްލާމްދީނާ ހިލާފު އެއްވެސް ކަމަކަށް ސަރުކާރުން ތާއީދު ނުކުރާ ކަމަށެވެ.

21 އަހަރުގެ ޝައިނާ އަކީ ޓޮޕް މޮޑެލް މޯލްޑިވްސް 2022 ކާމިޔާބުކުރި ފަރާތެވެ. މިސް ޔުނިވާސްގެ 73 ވަނަ މުބާރާތުގައި 130 ގައުމަކުން ބައިވެރިވާއިރު، ދިވެހިރާއްޖެ އަކީ މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމެކެވެ.

ޝައިނާ ވަނީ މި މުބާރާތް ބަލަން މެކްސިކޯއަށް ދާން ދެ މީހަކަށް ޓިކެޓް ދޭނެ ކަމަށްވެސް އިއުލާނުކޮށްފަ އެވެ. މިހާރު އޭނާ ހުރީ މިސްވޯލްޑް މޯލްޑިވްސް ޖަހާފައި ހުރި ބޭނަރެއް އަޅައިގެން މެކްސިކޯގައެވެ.

ޝައިނާއަށް ވޯޓު ދިނުމަށް މި ލިންކަށް ޒިޔާރަށް ކުރަރަން އޭނާ އެދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!