ރައްޔިތުންގެ ހައްގުގައި ރައީސް އަޅުއްވާ ފިޔަވަޅުތަކަށް ތައުރީފް ހައްގު: މުހްތާޒް
ދެންމެ | 16 ނޮވެމްބަރ 2024

ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ހައްގުކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒް މުހްސިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ރައީސް ޑރ، މުއިއްޒު ވަނީ މުހިއްމު ނިންމުތަކެއް ނިންމަވާފައެވެ. އެގޭތެރޭގައި ސިޔާސީ މުވައްޒަފުން މަދުކުރުމާއި އާސަންދާއި އެހެންނިހެން ސްކީމްތަކަށް ބަދަލު ގެނައުމުގެ އިތުރުން ރިސޯޓްތަކުން ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލު ހިމެނެެއެވެ.

 

ރައީސް ޑރ. މުއިއްޒުގެ ކުރިމިނަލް އެޑްވައިޒަރުކަން ކުރައްވާފައިވާ އަދި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒް މުހްސިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުއިއްޒު ނިންމަވާ ނިންމުތަކަށް ތައުރީފު ހައްގުކަމަށެވެ.

 

“ ދިވެހި ރައްޔިތުންގެ ހައްގުގައި، ގައުމުގެ އިޤްތިސާދު ހަމަމަގަށް އެޅުވުމަށް ރައީސް ޑރ. މުިއއްޒު އަޅުއްވަމުން ގެންދަވަނީ ދަތި، އުނދަގޫ އަދި ތައުރީފް ހައްގު ފިޔަވަޅުތަކެއް.“ މުހްތާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ޑޮލަރު މާރުކުރުމަށް ސަރުކާރުން އެކުލަވާލި ގަވައިދަށް އަމަލުކުރުމަށް ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުން ވަނީ ދެކޮޅު ހަދާފައެވެ. އެ ރިސޯޓްތަކުން ބުނީ ގަވައިދު އޮތް ގޮތުން އެކަން ކުރަން ދަތިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!