އަތުލައިގަތް އަމަލްވާތަކެތީގެ އަގު 1 ބިލިޔަނަށް އަރާނެ: ރައީސް
ދެންމެ | 24 ނޮވެމްބަރ 2024

ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅެނިކޮށް ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާއަށް ނިސްބަތްވާ މަސްބޯޓަކުން އަތުލައިގެންފައިވާ މަސްތުވަތަކެތީގެ އަގު އެއްބިލިއަން ރުފިޔާއަށް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެޖެއެވެ.

ފުލުހުން ބުނީ އޭގެން އަތުލައުގް ތަކެތީގެ އަގު 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

”މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް. ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން!“ – ރައީސް ޑރ. މުއިއްޒު-

ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވީ، ރޭގެ ދަންވަރުގެ ވަގުތެއްގައި ހދ. މަކުނުދޫ ބޭރުން މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފްއިން ކަމަށެވެ.

ފުލުހުންނަށް ޑްރަގު ފެނުނީ އެމްއެންޑީއެފްއިން މި ބޯޓު އަތުލައިގަތުމަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. ސީޕީ ވިދާޅުވިގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވާ ސީޕީ ވިދާޅުވީ ލަންކާގެ ބޯޓާ، ދިވެހި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އަދި ނޭނގޭ ކަމަށާއި، އަދި އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

މި މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!