ލަންދޫ ސުކޫލު ޕްރިންސިޕަލް ބެލެނިވެރިއަކަށް އައުގުރާނަ ގޮވާ ގރ ބޯންދީފި
ދެންމެ | 09 ޑިސެމްބަރ 2024
ނ.ލަންދޫ ސުކޫލުގެ ޕްރިންސިޕަލް، އެރަށު ސުކޫލުގެ ބެލެނިވެރިއަކާ ދިމާލަށް އަވަގުރާނަ ގޮވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ޕްރިންސިޕަލް މި ޢަމަލު ހިންގާފައިވަނީ އެ ބެލެނިވެރިޔާ ދިރިއުޅޭ ގެއަށް ގޮސްފައެވެ.

ލަންދޫ ސުކޫލުގެ މުވައްޒަފަކާއި ބެލެނިވެރިއަކާ ދެމެދު ޖެހޭ މައްސަލައެއް ބަލައިދިނުމަށް އެދި ބެލެނިވެރިޔާ އެ މައްސަލަ ސުކޫލަށް ރަސްމީކޮށް ހުށަހެޅި ކަމަށާއި ނަމަވެސް ޕްރިންސިޕަލް އަކީ އެ މުވައްޒަފުގެ އާއިލީ ގުޅުން ގޮންނަ މީހަކަށް ވާތީ އެ ހައިޞިއްޔަތުން މުވައްޒަފު ދިފާޢު ކުރުމަށް ބޭނުންވާ ކަމަށް ޕްރިންސިޕަލް ބުނެއެވެ.

އަދި އެ މައްސަލައިގައި ބެލެނިވެރިޔާއަށް ކުރިއަށް ނުދެވޭނެ ކަމަށްވެސް ހަރު އަޑުން ޕްރިންސިޕަލް ބުނެއެވެ.

މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ހުށަހެޅިފައިވާއިރު އެ މިނިސްޓްރީން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!