މާލޭ މީހުން ސިޓީ ކައުންސިލުން އަވީ ލައިފި
ދެންމެ | 15 ޑިސެމްބަރ 2024

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުން ސަލާމަތްވި ލިޔުންތައް ހިއްކަން އަވީލާން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއާ އިންފްރާސްރަކްޗަރު މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތަނާއި އިންވެގެން ހރި އެންވަރަމެންޓް މިނިސްޓްރީއާއި މާލޭ ސިޓި ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުންއައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

އަލިފާނުގައި ގެއްލުންވި ކައުންސިލްގެ އިމާރާތަކީ މާލޭ ރައްޔިތުންގެ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ބަހައްޓާފައި ހުންނަ ތަނެނެވެ. އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތްކުރެވުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި، އަލުން ގުދަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ތެމިފައި ހުރި ލިޔެކިޔުންތައް، ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!