އަލިފާނުގެ ހާދިސާގެ މައުލޫމާތު އިނގޭނަމަ ހިއްސާކުރަން ފުލުހުން އެދިއްޖެ
ދެންމެ | 17 ޑިސެމްބަރ 2024

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ޓިނު އިމާރާތުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރަން ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން އެފަދައިން އެދުނީ، މިއަދު ”އެކްސް“ގައި ކުރި ޕޯސްޓްއެއްގައެވެ.

މި ޕޯސްޓުގައި ފުލުހުން ވަނީ، އަލިފާނުގެ ހާދިސާގެ އެއްވެސް މައުލޫމާތެއް އިނގޭނަމަ ، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރަން އިލްތިމާސްކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 7 ޖެހިއިރު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް އަދި ގުޅުން ހުރި އިދާރާތަކުގެ މަސައްކަތުން ނިންމާލެވުނީ އެދުވަހުގެ މެންދުރު 12ގެ ފަހުންނެވެ. އެ ހާދިސާގައި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން ހިމެނޭ ޓިނު އިމާރާތައި، އެންވަޔރަމެންޓް މިނިސްޓްރީ ހިމެނޭ ގްރީން ބިލްޑިންގެ އިތުރުން، މާލެ ސިޓީ ކައުންސިލު ހިންގާ ބޮލްކެއްގައި ވެސް ވަނީ ރޯވެފައެވެ.

މި ތިން މިނިސްޓްރީތަކުގެ މަސަތްކަތް މިހާރުވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!