އޭސީސީން ހުސްވެފައިވާ ދެ މަޤާމަށް އަލުން ހުޅުވާލައިފި
ދެންމެ | 18 ޑިސެމްބަރ 2024
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުސްވެފައިވާ ދެ މަޤާމަށް އަލުން ހުޅުވާލައިފިއެވެ.

މި މަހުގެ 8 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ، އޭސީސީގެ ހުސްވެފައިވާ ދެ މަގާމަކަށް ކުރިމަތިލުމަށެވެ. އެހެން ނަމަވެސް މުއްދަތު ހަމަވީ ފަހުން، ކުރީގެ އިއުލާނު ބާތިލުކޮށް މި މަހުގެ ނިޔަލަށް ފުރުސަތު ވަނީ އަލުން ހުޅިވާލާފަ އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވެފައި ވަނީ، ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި އަބްދުއްސަލާމާއި، މެމްބަރު ތޯހާ މުހައްމަދު އިސްތިއުފާ ދިނުމުންނެވެ.

ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!