ރާއްޖޭގެ 5 ސަރަހައްދެއްގައި މަހާ ކުޅުން ތަރައްގީ ކުރަން ނިންމައިފި
ދެންމެ | 21 ޑިސެމްބަރ 2024

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ބަނދަތުތައް ތަރައްޤީކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް ”ބުރުނު ބޮމަ“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިން ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތް ޤާއިމް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން އެ ދާއިރާ ފުޅާކޮށް ތަރައްޤީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ބަނދަތުތައް ތަރައްޤީކުރަން ނިންމާފައިވާ ކަމަށާއި އެ ބަނދަރުތަށް ތަރައްޤީ ކުރާނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް ކަނޑައަޅާފައިވާއިރު މި ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސްއެކު ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!