ތަރިރުހަނދު ހެކިކޮށް ބުނަން ސިޔާމް އަކީ އަހަރެންގެ ހިތުގެ އަމާންކަން: ޒާރާ
ދެންމެ | 25 ޑިސެމްބަރ 2024

ސަން ސިޔާމް އާއި ބެހޭގޮތުން ރޭގައި ފެތުރެން ފެށި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނޫންކަމަށާއި، ސިޔާމް އަކީ އެއަށް ވުރެ މީހުންނަށް ހެޔޮ އިހުސާންތެރި ހިތެއްގެ ވެރިއެއްކަމަށް ޒާރާ ބުނެފިއެވެ.

ސޯޝަލް މީޑިޔާގެ ތަފާތު އޮޅިތަކުގައި ޒާރާ ޒަޚަމްކޮށްލައިފި ކަމަށް ބުނެ ރިޕޯޓްތައް ކޮށްފައި ވެއެވެ. އަދި ސިޔާމްގެ ސަޕޯޓަރުން އެކަން ދިފާއުކޮށް ވާހަކަދައްކަން ފެށުމުން ވެސް ބައެއް ސޯޝަލް މީޑިޔާ އެކައުންޓުތަކުން އެއީ ޙަޤީޤަތް އޮޅުވާލަން ދައްކާ ބުހުތާނު ވާހަކަތަކެއް ކަމަށް ބުނެ، ދެވަނަ ފަހަރަށް ވެސް އެ ޚަބަރު ރިޕޯޓްކޮށްފައެވެ.

ތަރިރުހަނދު ހެކިކޮށް ޒާރާ ސިޔާމް ދިފާއުކޮށް ބަޔާނެއް ނެރުމުން ގިނަ ބަޔަކު ބުނަމުންގެންދަނީ ކޮންމެގޮތެއް ވިޔަސް އޭނާއަށް އެގޮތް ކަމުދަންޏާމު މައްސަލައެއް ނެތްކަމަށާއި، އެމީހުން އެމީހުންގެ ގޮތުގައި ދިރިއުޅުމަށް ދޫކޮށްލަން ވެއްޖެ ކަމަށެވެ.

އަދި ބައެއް މީހުން ބުނެފައިވަނީ ސިޔާމް އަކީ ދަންނަ މީހެއް ކަމަށާއި، ހަމަހޭގައި ހުރެ އެއްވެސް މީހަކަށް ހާނީއްކައެއް ވެދާނެކަމެއް ނުކުރައްވާނެ ކަމަށެވެ. އަނެއް ބަަޔަކު ބުނަނީ ސިޔާމް މަޝްހޫރުވެފައި ވަނީ ވެސް ދެފުޅި ސިޔާމްގެ ނަމުން ކަމަށާއި، ބުއްދިފިލާ ވަގުތުތައް އަންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!