ފަޒުލާއި ފަޒީލް ނުހިމެނޭ ގޮތުން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި
ދެންމެ | 30 ޑިސެމްބަރ 2024

ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި ފިޔަވަޅު އަޅާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިންކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު އަމުރު ބާތިލުކޮށްފައިވާ 9 މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދު އަދި މުޙައްމަދު ފަޟީލް ރަޝީދު ނުހިމެނޭކަން ފުލުހުން ފާހަގަކޮށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ހުއްދަ ދިން 9 މީހުންނަކީ ކޮބައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!