ޒުވާން އަންހެނުންނަށް ކަމުދަނީ ބަނޑުލީ ފިރިހެނުން
ދެންމެ | 09 ޖުލައި 2022

އަންހެނުންނަށް ކަމުދަނީ ބަނޑެއް ލާފައި ހުންނަ ފިރިހެނުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

“ޕްލެނެޓް ފިޓްނެސް”ގައި ޝާއިރު ކޮށްފައިވާ ގޮތުން، 2016 ވަނަ އަހަރުން ފެށިގެންވެސް ގިނަ އަންހެނުންނަށް ބޮޑަށް ކަމުދަނީ މިފަދަ ފިރިހެނުންނެވެ. އަދި ރީތި ފިރިހެނުން ތިބޭނީ ޖިމަށް ގޮސް ހަށިގަނޑުގައި ރީތިކޮށްގެން ކަމަށް ކުރިން ވިސްނި ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސްވެ އެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުން، ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 65 ޕަސެންޓު މީހުން ވަނީ ބަނޑެއް ލާފައި ހުންނަ ފިރިހެނުން ކަމުދާ ކަމަށް ބުނެފަ އެވެ. އަދި އެންމެ ކަމުދާ ސިފައަކީ ‘ކޮންފިޑެންސް’ ނުވަތަ އަމިއްލަ ނަފްސަށް އިތުބާރު ކުރުން ކަމުގައި ގިނަ މީހުން ބުނެފައިވާ އިރު، އެ މީހުން ދެކެނީ ބަނޑެއް ހުރުމަކީ އެ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.

ބަނޑެއް ހުރުމަކީ ސިއްހަތު ގޯސްވުން ކަމުގައި ގިނަ މީހުން ނުދެކެ އެވެ. އޭގެ ބަދަލުގައި އެމީހުން ދެކެނީ، އެފަދަ މީހުންނަކީ ހަށިގަނޑު ރީތިކުރުމަށް ދުވާލެއްގެ މަތިން އެތައް ފަހަރު ޖިމަށް ދިއުން އާދައަކަށް ނުހަދާ މީހުންގެ ގޮތުގަ އެވެ.

މީގެ އިތުރުން އެކި މީހުންގެ ހުންނާނީ އެކި ސިފަކަން ގަބޫލުކުރާ މީހުން ގިނަ ވެއްޖެކަމަށް ވެސް ދިރާސާއިން ދައްކަ އެވެ. މިއާއެކު އެކި މީހުންގެ ހަށިގަނޑު ތަފާތު ވާނެކަން ގަބޫލުކޮށް، އެންމެންނަކީވެސް އެމީހެއްގެ ޒާތުގައި ރީތި މީހެއް ކަމަށް ގަބޫލުކުރާ މީހުންވެސް ގިނަ ވެއްޖެ ކަމަށް ދިރާސާ އިން ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!