މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންއަންނަ ވިއްސާރާގައި ރެއިން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. މެންދަމު ބޯކޮށްލި ވާރެއާއެކު މާލޭގެ ބައެއް ސަރަޙައްދުތަކުގައިވަނީ ވަރަށްބޮޑަށް ފެންބޮޑުވެފައެވެ. އެއާއެކު ސިފައިންވަނީ ފެންހިންދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޢާންމު ރައްޔިތުންގެ ގެދޮރާއި ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް ޢިމާރާތްތަކަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ.
މީީގެ އިތުރުން މި މަސައްކަތުގައި މިހާތަނަށް ވަނީ 13882 ޓަނުގެ ފެން ހިންދާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.. އަދި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި 8 ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެން މަސައއްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާދު ދެއެވެ. އެއީ ވެސްޓްޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި ބިހުގެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕް އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕެވެ.
ސިފައިން ބުނިގޮތުގައި، މިހާތަނަށް 58 ގެއަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވެސް މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރެ ވެހި، ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.