ރާއްޖެއަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ދެންމެ | 11 ޖެނުއަރީ 2025

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުގެ އަތްގަނޑުގެ ދަށަށް ވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި ކޮތަޅުގެ ތެރެއިން ފެނުނު ޑްރަގްގެ ބަރުދަނުގައި 109 ގްރާމް ހުރި އިރު ކަސްޓަމްސް އިން ކުރި ތަހުލީލުތަކުން އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!