އިންޖެކްޝަނުން ބަރުދަން ލުއިކުރި ނަމަވެސް ކެންސަރުގެ ބިރުވެރިކަން!
ދެންމެ | 26 ޖެނުއަރީ 2025

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަރުދަން ލުއިކުރުމަށާއި ހަކުރު ބައްޔަށް މިހާރު ބޭނުންކުރަމުން އަންނަ އޮޒެމްޕިކް އިންޖިކްޝަން ބޭނުންކުރަން ފަށާތާ ފުރަތަމަ އަހަރު ތެރޭގައި ތައިރޮއިޑް ކެންސަރު ޖެހުމަށް މަގުފަހިވެދާނެކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ.

އޮޒެމްޕިކް އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ބަރުދަން ލުއިކުރުމުގެ ބޭނުންކުރަމުން އަންނަ ބޭހެކެވެ. މި ބޭސް ބޭނުންކުރަން ފަށާތާ މަދު މަސްތަކެއްގެ ތެރޭގައި ހަށިގަނޑުގައި ބަރުދަން 20 އިންސައްތައަށް ދައްކޮށްދެއެވެ. އެހެންނަމަވެސް މި ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން 350،000 މީހުން ޓްރެކް ކޮށް އެމެރިކާގެ ޑޮކްޓަރުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހަކުރު ބައްޔަށް ބޭނުންކުރާ އެހެން ބޭސްތަކަށްވުރެ މި ބޭސް ބޭނުންކުރުމުން ތައިރޮއިޑް ކެންސަރު ޖެހުމަށް މަގުފަހިވާލެއް ބޮޑުތަނުން މަތިކަމަށެވެ.

ގެއިތުރުން ، 2023 ވަނަ އަހަރު މި ބޭހުގައި ހިމެނޭ ސެމަގުލުޓައިޑް،މީދާތަކަށް ބޭނުންކޮށް ކުރި ދިރާސާއަކުން މީގެ ސަބުން ތައިރޮއިޑް ކެންސަރުގެ ބާވަތެއް ކަމަށްވާ މެޑުލަރީ ތައިރޮއިޑް ކެންސަރަށް މަގުފަހިވާކަން ފެނިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!