ރައީސަށް ފަރުދީ މަސްލަހަތަށް ވުރެ، ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް ބޮޑު: މުހްތާޒް
ދެންމެ | 28 ޖެނުއަރީ 2025

ޓޫރިޒަމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ ދަރިފުޅު ފައިސަލް އިބްރާހީމް އެމަގާމުން ވަކިކުރައްވާފައިވާ ދަނޑިވަޅެއްގައި، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން މާނަފުން ޓްވީޓެއް ކުރައްވައިފިއެވެ.

 

ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި ‏ގައުމުގެ ވަލީއުލް އަމްރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އަކީ މި ލޮބުވެތި ވަތަނުގެ މަސްލަހަތު ދަމަހައްޓާނެ އެންމެމަތީ ކުންނެވެ.

ފަރުދީ މަސްލަހަތަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް ބޮޑެވެ. މިގައުމުގެ ހައްޤުގައި އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅަކީ ޙިކުމަތްތެރި އިބުރަތުން ފުރިގެންވާ ފިޔަވަޅެއްކަން ޔަގީން،“ މުހުތާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފައިސަލް މަގާމުން ވަކިކުރެއްވީ މިއަދު އޮފީހުގެ ރަސްމީ މަސައްކަތަށް ވެސް ނިކުންނެވި ފަހުން ކަމަށްވެއެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ފައިސަލް މަގާމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!