ސިގިރޭޓް އުފައްދާ ތަންތަން ފުލުހުން ބަލައި ފާސް ކުރަން ފަށައިފި
ދެންމެ | 30 ޖެނުއަރީ 2025

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި ދުންފަތް އުފައްދާ ތަންތަނަށް ފުލުހުން ރެއިޑްކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ”ދެންމެ އޮންލައިން“ އަށް ވަނީ އެ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތުތައް ލިބޭތީ ރެއިޑު އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށެވެ.

ފުލުހުން ރަސްމީކޮށް މީޑިއާތަކަށް ބުނީ އޭގެ އެއް ތަން ބަލައިފާސްކުރަމުންދާ ކަމަށެވެ. އެއީ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހަދާފައި ޕްރައިވެޓް އޮފީހެކެވެ.

އެ ތަނުގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން، ބަލައިފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ދުންފަތް އުފެއްދުމަށް އެ ކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު ހެދުން އާންމުވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!