ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދަތުރުކުރަން ޕްރައިވެޓް ޖެޓެއް ރާއްޖެ އައިސްފި ކަމަށް ސްރީލަންކާގެ ޑެއިލީމިރާއިން ރިޕޯޓްކޮށްި އެވެ.
ޖަމީލާ ކުރި ޓްވީޓެއްގައި ބުނީ ޕްރައިވެޓް ޖެޓް ރާއްޖެއަށް މިހާރު ޖައްސާފައިވާ ކަމަށެވެ. އެޕްރައިވެޓް ޖެޓްގައި ގޮތަބަޔާ ވަރަށް އަވަހަށް ސިންގަޕޫރަށް ފުރާނެ ކަމަށް ވެސް ޖަމީލާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
އިއްޔެ ރޭ ފިލައިގެން ރާއްޖެ އައި ގޮތަބަޔާ ރޭ ސިންގަޕޫރަށް ދިއުމަށް އޮތީ ހަމަޖެހިފައި ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އެހެން މީހުން ދަތުރުކުރާ ފްލައިޓެއްގައި ދަތުރު ކުރުން އެއީ ރައްކާތެރި ކަމެއް ކަމަށް ގޮތަބަޔާއަށް ގަބޫލު ނުކުރެވޭތީ ދަތުރު ކެންސަލް ކުރީ ކަމަށް ވެއެވެ.
އެއަށްފަހު ޕްރައިވެޓް ޖެޓެއްގައި ސިންގަޕޫރަށް ދަތުރުކުރަން ނިންމައި، ޕްރައިވެޓް ޖެޓެއްގެ ދަތުރު ހަމަޖައްސައި ދިނުމަށް ގޮތަބަޔާ ދިވެހި ސަރުކާރުގައި އެދުނު ކަމަށް ވެސް މީޑިއާގައި ރޭ ރިޕޯޓް ކޮށްފައި ވެއެވެ.