އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ގޮވާލައިފި
ދެންމެ | 05 އޭޕްރިލް 2025

މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިކަން ފާހަގަކުރެއްވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

”އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނަކީ ކުރިން އެމްޑީޕީގެ ރައީސްއެވެ. އަދި އެޕާޓީން އެންމެ ފުރަތަމަ ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތް ބޭފުޅަކީވެސް ރައީސް ނަޝީދެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުން ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއި، ރައީސް ސޯލިހާއި ދެމެދު އުފެދުނު ދެބަސްވުންތަކާއި ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!