ސިޔާސީ ބަޔަކަށް ހަޖަމްނުވެ، ރެވުނަސް ނޭޓޯގެ މެމްބަރު ތުރުކީން ވެދުން ކުރާ މަނަވަރަކީ ދިވެހިންނަށް ރަނެއް މަލެއް ފަދަ ޖަވާހިރެއް!
ދެންމެ | 14 އޭޕްރިލް 2025

ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ތުރުކީވިލާތުން ރާއްޖޭއަށް ހަދިޔާ ކުރަން ނިންމާފައިވާ ބަރު ހަތިޔާރާއި މިސައިލް ބޭނުން ކުރެވޭ މަނަވަރުގެ ވާހަކައަކީ އާދައިގެ ވާހަކައެއް ނޫނެވެ.

ބަޔަކަށް ހަޖަމް ނުވެ, ކޮސްވިޔަސް ނޭޓޯގެ މެމްބަރު ތުރުކީން ވެދުން ކުރާ މަނަވަރަކީ ދިވެހި އަސްކަރިއްޔާއަށް ރަނެއް މަލެއް ފަދަ ޖަވާހިރެކެވެ.

މިހާރު އުމުރުން 44 ހަތަރުވެފައިވާ މިމަނަވަރު ރާއްޖެއަށް ހަދިޔާ ކުރުމަށްޓައި ތުރުކީގެ އަސްކަރިއްޔާއިން ވަނީ މަނަވަރު ފުލް އަޕްގުރޭޑިންގ މެއިންޓަނަންސް މަސައްކަތްތަކެއް ކޮށްފަ އެވެ.

ދިވެހި އަސްކަރިއްޔާގައި މިފަދަ ފުރިހަމަ އާލާތްތައް ހަމަ މިސައިލުން ހަމަލާ ދެވޭނެ މަނަވަރެއް ނެތް އިރު, ތުރުކީ ފަދަ އަސްކަރީ ގޮތުން ކުރި އަރާފައިވާ ގައުމެއްގެ އަސްކަރިއްޔާގައި މިހާރު ވެސް ބޭނުން ކުރަމުންދާ މިފަދަ ބިޔަ މަނަވަރެއް ގައުމަށް ލިބިގެން ދިއުމަކީ ދިވެހިންގެ ފަހުރެކެވެ.

ދިވެހި ގައުމުގެ ސިޔާދަތީ މިނިވަންކަން ހިމާޔަތް ކުރުމަށް ރައީސަ ޑރ. މުއިއްޒު ކުރައްވާ މަސައްކަތް ޕުޅަށް އިތުރުވެގެންދިޔަ ވަރުގަދަ ބޮޅެކެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތަކަކީ ޖަރުމަނުގެ ލޫރްސެން ވެރްފްޓް ކުންފުނިން ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތަކަކީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީގެ ކަނޑުގެ ބާރު ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އުޅަނދުތަކެކެވެ. މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ފުރަތަމަ ފަހަރަށް ތުރުކީގެ ކަނޑުގެ ބާރުގައި ބޭނުންކުރަން ފެށި އުޅަނދުތަކެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތަކުގެ ތެރޭގައި ޓީސީޖީ ޑޯގަން (ޕީ-340)، ޓީސީޖީ މާޓި (ޕީ-341)، ޓީސީޖީ ޓައިފޫން (ޕީ-342) އަދި ޓީސީޖީ ވޮލްކަން (ޕީ-343) ހިމެނެއެވެ. މީގެ ތެރެއިން ޓީސީޖީ މާޓި ވަނީ 2022 ވަނަ އަހަރު ޚިދުމަތުން ވަކިކޮށްފައެވެ. އަދި ޓީސީޖީ ވޮލްކަން ވަނީ 1981 ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރެ، 2024 ވަނަ އަހަރު ތަޖުރިބާކުރުމާއި ތަމްރީނުދިނުމަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.

މި އުޅަނދުތަކުގެ ދިގުމިނަކީ 58.1 މީޓަރެވެ. ފުޅާމިނަކީ 7.62 މީޓަރެވެ. އަދި ފުން މިނަކީ 2.74 މީޓަރެވެ. މި އުޅަނދުތަކަށް ގަޑިއަކު 70 ކިލޯމީޓަރުގެ ސްޕީޑުގައި ދުއްވޭނެއެވެ. އަދި އެއްފަހަރާ 1,940 ކިލޯމީޓަރު ދަތުރުކުރެވޭނެއެވެ. މި އުޅަނދުތަކުގައި 45 މުވައްޒަފުން މަސައްކަތްކުރެއެވެ.

މި އުޅަނދުތަކުގައި ހަތިޔާރުގެ ގޮތުގައި ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއި، 76 މިލިމީޓަރުގެ އޮޓޯ މެލާރާ ކަނޑުގެ ބޮޑުބަޑި، 35 މިލިމީޓަރުގެ އެއަރ ޑިފެންސް ބަޑި އަދި 7.62 މިލިމީޓަރުގެ ދެ މެޝިން ގަން ހިމެނެއެވެ. މީގެ އިތުރުން ވީއެމް-28/41 ރާޑާ، އެލްއައިއޯޑީ އެމްކޭ-2 ފަޔަރ ކޮންޓްރޯލް ރާޑާ އަދި ޑިކޯއި ލޯންޗަރތައް ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!