ދުނިޔެ ރައީސް ޑރ. މުއިއްޒު ބަލައިގަނެ، މެލޭޝިޔާއިން އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފް އަރުވައިފި
ދެންމެ | 29 އޭޕްރިލް 2025

ރައީސް މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން މިއަދު އަރުވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ. އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސްއަށް އަރުވާފަައިވަނީ މިކަމަށްޓަކައި އައިއައިޔޫއެމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.

’އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ’ގެ ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ، އަޒާޒީ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.

އޭނާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑާޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!