މަސާޖް ޕާލާއަކުން ހަށިގަތް ސްޕްރީމް ކޯޓްގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިމީހާ ދޫކޮށްލިއިރު، ހަށިވިއްކި ތައި މަންޖެ ވަނީ 15 ދުވަހަށް ބަންދުކޮށްފައިވާކަން ޖޭއެސްސީ ތަހްގީގް ރިޕޯޓުން ހާމަވެއްޖެ އެވެ.
ޖޭއެސްސީގެ ތަހްގީގް ރިޕޯޓްގެ ސަފްހާ 8ގެ 1.5 ނަމްބަރުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިކަލުން “ޑައިމަންޑް ފިންގަރ“ މަސާޖް ޕާލާއަކަށް ފްލްބޮޑީ އޮއިލް މަސާޖަކަށް 450 ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެ މަސާޖްޕާލާގެ 2 ނަމްބަރު ކޮޓަރިއަށް ވަތްއިރު އަޒުމިރަލްދާގެ ފިރިކަލުން ފޫކޮޅު މަތީ ކުޑަ ތުވާލި ބުރިއެއް އަޅައިގެން އޮރިޔާމުން ބަންޑުން އޮސޯވެ އޮތް ކަމަށާއި އެނދު ކައިރީގައި ތައިލޭންޑް އަންހެން ކަނބަލެއް ޖޭއެސްސީ ރިޕޯޓްގައި ބުނެފައިވެ އެވެ.
ގުޅުންހުރި ލިޔުންތައް