އެމެރިކާގެ ކުރީގެ ރައީސް ބައިޑަނަށް ނުރައްކާތެރި ކެންސަރެއް ޖެހިއްޖެ
ދެންމެ | 19 މެއި 2025

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހިއްޖެ އެވެ.

ޖޯ ބައިޑެންގެ އޮފީހުގެ ފަރާތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ މި ކެންސަރު ބައިޑެންގެ ކަށިތަކަށް މިހާރު ފެތުރިފައިވާ ކަމަށާއި މިކަން އެނގުނީ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުން ކަމަށެވެ.

އަދި ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމަށް ބައިޑެން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ބައިޑެންގެ އުމުރާއި ސިއްހަތު އޭނާގެ ހަނދާން ބަލިކަމާ ގުޅުވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައިޑެންގެ މި އާލާސްކަންފުޅުގެ ހަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާއި ޖޯ ބައިޑެން ހަވާލުވީ 2020 ވަނަ އަހަރުގަ އެވެ. ވެރިކަމާއި ހަވާލުވުމަށްފާހު ފަހުގައި ވެސް ބައިޑަން އެކި ބަލިތަކަށް ފަރުވާ ހޯދި ކަމަަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިހާރު އުމުރުން 82 އަހަރުގެ ބައިޑެންގެ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވަނީ ކެންސަރު ބަލީގައި 2015 ވަނަ އަހަރު އަވަހާރަވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!