ރ. އަތޮޅުގައި އަންހެނުންނަށްވުރެ 676 ފިރިހެނުން އިތުރު: އަތޮޅު ކައުންސިލް
ދެންމެ | 23 މެއި 2025

މާޅޮސްމަޑުލު އުތުރުބުރީ އާބާދީގެ ތަފާސްހިސާބު އަތޮޅު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ރ. އަތޮޅުގެ އާބާދީ 25،484 އަށް އަރާފައިވީ ނަމަވެސް އެންމެ ރަށެއްގައި ފިޔަވައި، އެހެން ހުރިހާ ރަށެއްގައި ވެސް ގިނައީ ފިރިހެނުންނެވެ. މިއީ މުޅި ރާއްޖެއަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ. އަދި އާބާދީ އިތުރުވާ ނިސްބަތަށް އޮތް ގޮންޖެހުމަކަށް މިކަން ވެދާނެއެވެ.

އަތޮޅުގެ ވަކިވަކި ރަށްރަށުގެ އާބާދީއަށް ބަލާއިރު، އަލިފުށީގައި (އަންހެން 1490 / ފިރިހެން 1560) ގިނައީ ފިރިހެނުން، ވާދޫގައި (އަންހެން 324 / ފިރިހެން 337) ގިނައީ ފިރިހެނުން، ހުޅުދުއްފާރު (އަންހެން 813 / ފިރިހެން 836) ގިނައީ ފިރިހެނުން، އުނގޫފާރު (އަންހެން 923 / ފިރިހެން 966) ގިނައީ ފިރިހެނުން، ދުވާފަރު (އަންހެން 2445 / ފިރިހެން 2599) ގިނައީ ފިރިހެނުން، މާކުރަތު (އަންހެން 691 / ފިރިހެން 716) ގިނައީ ފިރިހެނުން، ރަސްމާދޫ (އަންހެން 425 / ފިރިހެން 481) ގިނައީ ފިރިހެނުން، އިންނަމާދޫ (އަންހެން 458 / ފިރިހެން 497) ގިނައީ ފިރިހެނުން، އިނގުރައިދޫ (އަންހެން 1063 / 1098) ގިނައީ ފިރިހެނުން، ފައިނު (އަންހެން 247 / ފިރިހެން 279) ގިނައީ ފިރިހެނުން، ކޮނޮޅަސް (އަންހެން 331 / ފިރިހެން 358) ގިނައީ ފިރިހެނުން، މަޑުއްވަރީ (އަންހެން 1273 / ފިރިހެން 1377) ގިނައީ ފިރިހެނުން، މީދޫ (އަންހެން 1108 / ފިރިހެން 1186) ގިނައީ ފިރިހެނުން، ރަސްގެތީމް (އަންހެން 477 / ފިރިހެން 477) އަންހެން ފިރިހެން ހަމަ ހަމަ އަދި އަނގޮޅިތީމް (އަންހެން 283 / ފިރިހެން 263) އަންހެނުންގެ އަދަދަށް ވުރެ ފިރިހެނުންގެ އަދަދު މަދެވެ.

މިއީ ރާއްޖޭގެ އާބާދީއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެއެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކުގެ އާބާދީގައި ޖިންސުގެ ހަމަހަމަކަން ބަލާ މިންގަނޑުން ކޮންމެ ފިރިހެނަކަށް އަންހެނަކު ހަމައެއް ނުވެއެވެ. މިއީ އާބާދީ ކުރިއަރަމުންދާ ނިސްބަތަށް އަސަރުކުރާނެ ކަމެއް ކަމަށް އާބާދީގެ ޢިލްމާބެހޭ މާހިރުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!