ފޫވަށް އުބައް ޖަހާތީ އެމްޑީޕީން މަރުހަބާ ކިޔައިފި
ދެންމެ | 19 ޖޫން 2025

އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވައި ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި ރިޔާސީ ރޭހަށް ނިކުތް ރައީސް ނަޝީދު އާއި ޓީމުން އަލުން އެމްޑީޕީއާއި ގުޅެން ނިންމައި ގަރާރެއް ފާސްކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ. އެހެން ކަމުން ޑިމޮކްރެޓްސް އުވާލައި އަލުން އެމްޑީޕީއާއި ގުޅެން ނިންމާ ކަމަށެވެ.

އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިން ނަޝީދު ފާޅުކުރައްވަމުން ގެންދަވާ މި ދަނޑިވަަޅުގައި އެ މަނިކުފާނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު ވިދާޅުވީ، ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރެއްވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!