އަންހެނަކާއި އެކު ގަމު ބަދަރަށް ކާރެއް ވެއްޓިއްޖެ
ދެންމެ | 28 ޖުލައި 2022

ލ. ގަމުގައި މީހަކު ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެ ބަނދަރަށް ވެއްޓިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ލ. ގަން ތުނޑީ ބަނދަރަށް ކާރެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 10:03 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.

“މި ހާދިސާގައި ކާރު ދުއްވަން އިން މީހާ މިހާރުވަނީ ސަލާމަތްކޮށްފަ، އަދި އެމީހާއަށް އަނިޔާއެއް ލިބިފައިނުވޭ” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކާރު މޫދަށް ވެއްޓިފައިވަނީ، ދުއްވާފައިދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭހަށް ފިތާލެވިގެން ކޮންޓްރޯލުނުވެގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކާރު ވެއްޓުނު އިރު އެ ކާރުގައި އިނީ ކާރު ދުއްވަން އިން އަންހެންމީހާ އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!