ނޫސްވެރިޔާ ނަސީރު ހައްޔަރު ކޮށްފި
ދެންމެ | 29 ޖުލައި 2022

އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވެފައިވާ ނޫސްވެރިއާ ނަސީރު ހައްޔަރުކޮށްފިއެވެ.

ނަސީރު ހައްޔަރު ކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އިއްޔެ އިން ފެށިގެން ފުލުހުން އަންނަނީ އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯ ޢާންމުވުމާއެކު އޭނާ ވަނީ ޓުވީޓާ އެކައުންޓް ޑިލީޓް ކޮށްލާފައެވެ. ނަސީރުގެ އިތުރުން މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުނ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޙުސައިން) އަންހެނަކާއި ފިރިހެނަކާއެކު ބަރަހަނާ ހާލުގައިވާ ކަމަށް ބުނާ ފޮޓޯއެއްވެސް ވަނީ ޢާންމުވެފައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަވެސް ބަލަމުން އަންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!