ކޮންމެ ކަހަލަ ލޮނު ކާއެއްޗެއް ހެދިޔަސް ލޮނުމެދެއް ނުލަންޏާ ހިތްހަމައެއް ނުޖެހެއެވެ. ލޮނުމެދު ލުމުން ކާއެއްޗެހި އިތުރަށް މީރުވެފައި އެއަށް ފުރިހަމަކަން ގެނުވައެވެ.
ނަމަވެސް ލޮނުމެދަކީ ހަމައެކަނި ބަދިގެއަށް ހާއްސަ އެއްޗެއްނޫނެވެ. އޭގެ ފައިދާ އަހަރެމެން ނިދާ ކޮޓަރީގައިވެސް ލިބޭނެކަން ކަށަވަރެވެ.
ނަމަވެސް ލޮނުމެދަކީ ހަމައެކަނި ބަދިގެއަށް ހާއްސަ އެއްޗެއްނޫނެވެ. އޭގެ ފައިދާ އަހަރެމެން ނިދާ ކޮޓަރީގައިވެސް ލިބޭނެކަން ކަށަވަރެވެ.
ނިދާގަޑީގައި ލޮނުމެދެއް ބާލީސް ދަށަށްލައިގެން ނިދުމުން ވަރަށް އަވަހަށް އަދި އެހާމެ އަރާމުގައި ނިދާލެވޭނެއެވެ. ލޮނުމެދުގެ ވަސް ޖެހުމުން ހިތަށްލިބޭ ފިނިކަމުގެ ސަބަބުން ވަރަށް ފުންކޮށް އަރާމުކޮށް ނިދާލެވޭނެއެވެ.
ލޮނުމެދު ރަނގަޅީ ހަމަ އެކަނި ނިންޖަކަށް ނޫނެވެ. ލޮނުމެދަކީ ބަނޑަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. މާބޮޑަށް ބަނޑަށް އުނދަގޫވެ ކަންކަންވަންޏާ ފެންތަށްޓަކަށް ލޮނުމެދުކޮޅެއް އެޅުމަށްފަހު ބޯލުމުން އެކަން ރަނގަޅުވެދެއެވެ. މިއީ ރަހަ ކިތަންމެ ނުބަޔަސް ވަރަށް ފައިދާ ކުރުވަނިވި ބުއިމެކެވެ.
މީގެ އިތުރުންވެސް ލޮނުމެދުން ލިބޭ ފައިދާ ވަރަށް ގިނައެވެ. އޭގެ ތެރޭގައި އާންމު ރޯގާތަކުން ފަސޭހަ ކޮށްދިނުމާއި ލޭމައްޗަށްދިއުމާއި ކޮލެސްޓްރޯލް މައްޗަށް ދިޔަނުދީ ހުންނަންޖެހޭ މިންވަރުގައި ބެހެއްޓުމަށް ވެސް ލޮނުމެދަނީ ވަރަށް ފައްކާ ބޭހެކެވެ. ލޮނުމެދަކީ ބޭނުން ކޮށްގެން އެހެން އެއްވެސް ގެއްލުމެއް ނުވަތަ ސައިޑް އިފެކްޓެއް ނުހުންނަ ގުދުރަތީ މޮޅު ބޭހެކެވެ.
ކެއްކުމާއި ނިދުން ނޫނަސް އެނދުމަތީގެ އެހެން އަރާމުތަކަށް ވެސް ލޮނުމެދަކީ ވަރަށް ފައްކާ ބާވަތެކެވެ. ހަކަތަ އިތުރުކޮށްދީ ބާރުގަދަކޮށްދީ ލޭ ހޫނުކޮށްލައި ލޭ ދައުރުކޮށްދިނުމަށް މަރެކެވެ.