ނާލު ބޯޓެއް ކާށިދޫ ކަނޑަށް ހުއްޓިއްޖެ
ދެންމެ | 30 ޖުލައި 2025

އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ދަތުރުކުރި ބޯޓެއް އިންޖީނު މައްސަލަޖެހި ކާށިދޫ ކަނޑަށް ހުއްޓިއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އިންޖީނު ހުއްޓުނީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރި ބޯޓެކެވެ. އެ ބޯޓުގައި 40 މީހަކު ތިބިކަމަށާއި، އޭގެ ތެރޭގައި އަންހެނުންނާއި ކުދަކުދިން ހިމެނޭަކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 08:15 ގައެވެ.

ހުއްޓުނު ބޯޓާ ދިމާލަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެގޮތުން ”ލައިފްލައިން“ ނަމަކަށް ކިޔާ މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތެރިވަމުންދާަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!