މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.2 މިލިއަން ރުފިޔާ ލިބިއްޖެ
ދެންމެ | 10 ޖެނުއަރީ 2026

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު މިދިޔަ އަހަރަށް ވުރެ 4.8 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރު މުދަލު ޒަކާތަށް ލިބުނީ 102.2 މިލިއަން ރުފިޔާ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު މިދިޔަ އަހަރަށް ވުރެ 4.8 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރު މުދަލު ޒަކާތަށް ލިބުނީ 102.2 މިލިއަން ރުފިޔާ އެވެ.

މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސޯބަކީ 19،527.90ރ. އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

ރާއްޖޭގައި މިހާރު އަހަރުން އަހަރަށް މުދަލުގެ ޒަކާތް ދައްކާ މީހުން އިތުރުވަމުން އަންނަ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!