އީރާނުން އެމެރިކާ ސިފައިންގެ ބަޔަކު އަތުލައިގެންފި
ދެންމެ | 08 މާރޗް 2026

އީރާނުން އެމެރިކާ ސިފައިންގެ ބަޔަކު އަތުލައިގެންފިއެވެ.

އީރާނުގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ އިސްވެރިޔ ބުނެފައިވަނީ މީގެ ހަފްތާއެއް ކުރިން ފެށި ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިންގެ ބަޔަކު އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އަތުލައިގަތީ ކިތަށް ސިފައިން ކަމެއް އަދި އެމީހުން އަތުލައިގެންފައިވަނީ ކިހިނެތް ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.

އީރާނުން އެފަދައިން ބުނެފައިވަނިކޮށް އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އެކަން ދޮގުކޮށްފައެވެ.

”އެމެރިކާ ސިފައިންގެ ބަޔަކު އަތުލައިގަނެފައިވާ ކަމަށް ބުނެ އީރާނުން ހަދަނީ ދޮގު.“ ސެންޓްކޮމްއިން ބުންޏެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލަތަކުގައި އީރާނަށް މިހާތަނަށް އެމެރިކާގެ ހަނގުރާމަމަތީ ޖެޓެއް ވެއްޓިފައި ނުވެއެވެ. ނަމަވެސް ކުވެއިތު ސަރަހައްދުން އެމެރިކާގެ 3 ޖެޓެއް ވަނީ ގެއްލިފައެވެ. އެހެން ކަމުން އީރާނުން އެމެރިކާ ސިފައިން އަތުލައިގަތީ ކިހިނެތްތޯ މީޑިއާތަކުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.

މި ހަނގުރާމައިގެ ތެރޭގައި އަރަބި ބައެއް ގައުމުތަކަށް އެމެރިކާ އަސްކަރިއްޔާގެ ޖެޓްތަކެއް ވަނީ ވައްޓާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!