ރާއްޖެއަށް ލިބެން އުޅޭ، ފޯޅަވައްސަށް ހަމަލާދީ ވަރަށް އަވަހަށް ގޮއްވާލާނަން: އީރާން އަސްކަރިއްޔާ
ދެންމެ | 08 މާރޗް 2026

އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއްދީ އެތަން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދީފައިވާ ވަރުގަދަ އިންޒާރެކެވެ.

 

 

AD BY BML

އީރާނުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ މަނަވަރު ‘ޔޫއެސްއެސް ޖެރަލްޑް ފޯޑް’ ކެރިއަރާއި، މިސައިލް ލޯންޗަރުތަކުގެ އިތުރުން ‘ބީ-2 ބޮމާ’ މަތިންދާބޯޓުތައް ތެހެރާންގެ ވައިގެ ސަރަހައްދަށް ވަދެފިނަމަ، އެ ތަކެއްޗަށް އަމާޒުކޮށް ހަމަލާދޭނެއެވެ. އީރާނުގެ އަސްކަރީ ގާބިލުކަން ބޭނުންކޮށްގެން އެމެރިކާގެ މި ވަސީލަތްތައް ނައްތާލުމަށް ތައްޔާރަށް އޮތްކަން އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

 

މިކަމާ ގުޅޭގޮތުން އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ އަމާޒަކީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރުން ކަމަށާއި އިސްލާމީ އުންމަތާ ދެކޮޅަށް މަސައްކަތް ކުރުން ނޫން ކަމަށެވެ. މީގެ ބޭނުމަކީ އިސްލާމީ ގައުމުތަކަށް ބިރެއް ނެތްކަން ހާމަކޮށް، ހަމައެކަނި ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ތެދުވާނެކަން އެންގުން ކަމަށް ބެލެވެއެވެ.

 

މި އިންޒާރުތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ކަންބޮޑުވުން އުފެދިފައިވާއިރު، އެމެރިކާއިން މިކަމަށް ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޑިއޭގޯ ގާސިއާ ފަދަ މުހިންމު އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިފަދަ އިންޒާރެއް ދިނުމަކީ ސަރަހައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!