އިސްރާއީލްގެ ތެލްއަވީވް ހުސް ކުރަން 24 ގަޑިއިރު، އިންސާނުން ދިރިނޫޅެވޭނެ ތަނަކަށް ހަދާނަން: އީރާން އަސްކަރިއްޔާ
ދެންމެ | 15 މާރޗް 2026

އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު، އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމަށް 24 ގަޑިއިރުގެ ކުއްލި މުހުލަތެއް ދީފި އެވެ. މިއީ އީރާނުން އިސްރާއީލަށް ދޭން ތައްޔާރުވަމުންދާ ވަރުގަދަ ހަމަލާއަކާ ގުޅިގެން ދީފައިވާ އިންޒާރެކެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ތެލް އަވީވަށް އަމާޒުކޮށް “އާދަޔާ ހިލާފު ވަރުގަދަ ހަމަލާއެއް” ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ދީފައިވާ 24 ގަޑިއިރުގެ މުހުލަތު ހަމަވުމަށްފަހު، ތެލް އަވީވްއަކީ ރައްކާތެރިކަމެއް ނެތް އަދި އިންސާނުންނަށް ދިރިނޫޅެވޭނެ ފަދަ ސަރަހައްދަކަށް ވެގެންދާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.

 

އީރާނުގެ ކޮމާންޑަރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ހަމައެކަނި ދޭ އިންޒާރެއް ނޫން ކަމަށާއި، މިއީ ހަގީގަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ސާބިތުވެގެންދާނެ ކަމަށާއި، އީރާނުގެ އެންމެ ގަދަފަދަ ކޯފާ އިސްރާއީލަށް އަމާޒުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

މީގެ އިތުރުން، މި ބަޔާނުގައި ވަނީ ގާޒާގެ އުތުރުން ދެކުނަށް މީހުން ހުސްކުރުމަށް އިސްރާއީލުން ކުރިން ކުރި އަމުރަށް އިޝާރާތްކޮށްފައެވެ. އީރާނުން ބުނެފައިވަނީ ގާޒާގެ ރައްޔިތުން ގެދޮރުން ނެރުނު ފަރާތްތަކުން މިހާރު އެ ތަޖުރިބާ އަމިއްލައަށް ކުރަންޖެހިފައިވާ ކަމަށާއި، މިއީ ކުރި ކަންތަކުގެ ބަދަލު ހިފުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!