އެމެރިކާއަށް އީރާނު ބަލި ނުކުރެވޭނެކަން ދުނިޔެ ގަބޫލުކޮށްފި, ގައުމު ފުޑުމުގެ ކުރިން ބަލި ގަބޫލުކޮށް ސަލާމަތްވޭ: އިސްރާއީލް ކުރީގެ ބޮޑުވަޒީރު
ދެންމެ | 27 މާރޗް 2026

އިޒުރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް، އިޒުރޭލުގެ މިހާރުގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ގައުމު ފުނޑެމުންދާ ކަމަށް ވިދާޅުވެ، ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ބުނެފިއެވެ. މި ބަސްފުޅުތައް ދެއްކެވީ، އީރާނާއި ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާއި ގުޅިގެންނެވެ.

 

ލަޕިޑްގެ ވާހަކާގަ ވަނީ އަވަސް ފިޔަވަޅުޔަކެއް އެޅުމާއި އެކު ގޮތްދޫކޮށް އީރާނުގެ ޝަރުތުތަކަށް އެއްބަސްވެގެން ނަމަވެސް ގައުމު ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

 

އީރާނާއިއެކު ހަނގުރާމަ ފެއްޓުނީ ވަރަށްބޮޑެތި އަންޑަރ އެސްޓިމޭޓް ކޮށް އަސްލު އޮޅިތިބެ ކަމަށާއި އެހެނަސް މިއަދު އީރާނުގެ ބާރުވެެރިކަމަކީ އެމެރިކާއަށް ކޮންޓްރޯލް ކުރެވޭ ވަރު ބާރެއް ނޫންކަމަށާއި އެކަން މިއަދު މުޅިދުނިޔެ ގަބޫލުކުރަން ފަށައިފިކަމަށެވެ.

 

އީރާނަކީ ވަރުގަދަ ބާރެއް. މުޅިދުނިޔެ އެއްކޮޅަށް އެރިނަމަވެސް އެމީހުންގެ އަޒުމު ގުޑުވާ ނުލެވޭނެކަން މިދަނީ ސާބިތުވަމުން. އަދި އެމެރިކާއާއި އިޒްރޭލުން އުންމީދުކުރި އެއްވެސް ކަމެއް ކާމިޔާބު ނުވާނެކަން މިހާރު ގަބޫލުކުރަންޖެހޭ ކަމަށާއި އެއްވެސް ވަރަކަށް ކާމިޔާބު ލިބެމުން ނުދާކަމަށްވެސް ލަޕީޑް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ފެންނަނީ އަސްކަރިއްޔާގެ ގިނަ ބަޔަކު ހަނގުރާމަކުރުމަށް ދެކޮޅުހަދާތަން ކަމުގައިވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!