އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ
ދެންމެ | 14 އޭޕްރިލް 2026

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަަށް ހުސެއިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް ހަމާކުރައްވާފައެއް ނުވެއެވެ.

ސަރުކާރުން ކުންފުނިތައް ބަލަހައްޓާ ޕްރައިވެޒޭޝަން އެންޑް ކޯޕަޓަރައިޒޭޝަން ބޯޑުން ބުނީ އެމްޑަބްލިޔުއެސްސީގެ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަަށް ހުސެއިން ފަހުމީ މިއަދު އައްޔަންކޮށްފައިވާކަމަށެވެ.

މި ސަރުކާރުން ފަހުމީ ފުރަތަމަ އައްޔަންކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށެވެ. އެހެންނަމަވެސް ސްޓެލްކޯގައި 27 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަހުމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ކުއްލިއަކަށް ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ފަހުމީ ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކޮށްފައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ މިނިސްޓަރު ފެންވަރު ގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!