ދިވެހި ރައްޔިތުންގެ ޙިމާޔަތަށްޓަކައި ރުކުރުވާލާފައިވާ އެންމެ ޤާބިލް ލަޝްކަރަކީ ސިފައިން: ރައީސް
ދެންމެ | 21 އޭޕްރިލް 2026

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެ ބޭފުޅުންގެ ޢާއިލާތަކަށް މިއަދު ތަހުނިޔާ ވިދާޅުވެ އެކސްގައިކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުވީ ދިގު ތާރީޚުގައި، ޚިދުމަތްތެރިންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންގެ އިތުރުން، އެކި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ.

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހި ސިފައިންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ޤާބިލުކަމަށް ތަޢުރީފު ކުރައްވާފައެވެ.

މީގެއިތުރުން، ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކުރަމުންދާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު އަދާކުރައްވަމުން، މި އުފާވެރި އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށާއި އެ ބޭފުޅުންގެ ލޮބުވެތި ޢާއިލާތަކަށް ރައީސް ވަނީ އަރިސްކުރައްވާފައެވެ.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކުރެވުނު ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!