ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހެދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބޫތު ކައިފައިވާ ކަމަށް ވިދާޅުވެ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ބަވާލައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މަސްވަރިންނާއި ގުޅޭ ގޮތުން ސައީދު ބުނެފައިވާ ހަބަރެއްގެ ސްކުރީ ސޮޓް ސެއަރ ކުރައްވާ ގާސިމް ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ނުލިބޭ ވާހަކަ ސައީދުމެން ދައްކަވާއިރު ޕީޕީއެމް ވެރިކަމުގައި މަސްވެރިންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.
ސޯސިއަލް މީޑިޔާގައި މިހާރު އާއްމްވެފައިވާ މަޖިލިސް ވަޓްސްއަޕް ގުރޫޕްގެ ސްކްރީން ސޮޓްތަކުގައި ގާސިމް ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި މަސްވެރިންނަށް ދޭނެކަމަށް ވައުދުވި ދިހަ ހާސް ރުފިޔާ ވެސް ނުދޭ ކަމަށާއި ކޫއްޑޫ ބޮޑުކޮށް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި ވައުދު ވެސް ނުފުއްދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް އިންތިހާއަށް ގެއްލުން ވަމުންދިޔަ އިރު، އެސްޓީއޯއަށް މިފްކޯ ހިންގަން ޖެއްސުމުގެ ސަބަބުން އެސްޓީއޯ ބަގުރޫޓް ނުވީ ހަމަ ކިރިޔާ ކަމަށެވެ.
ގާސިމްގެ ހޫނު ރައްދެއް ސައީދަށް އަމާޒުވެފައި ވަނީ މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ޖޭޕީން ފިސަރީޒް މިނިސްޓްރީ ހިންގަމުންދާތީ ކަމަށް ސައީދު ވިދާޅުވުމުންނެވެ.