ބޯކޮށްވާރޭވެހި 40 މޭލަށް ވައިގަދަވާނެތީ ބޮޑު ބަޔަކަށް އެލާޓް ނެރެފި
ދެންމެ | 21 މެއި 2026

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގުގުރުމާއި އެކު ބޯކޮށްވާރޭވެހި ވައިގަދަވާނެތީ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ރާޢްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެންގޮސް ވ. އަތޮޅު ނިމެންދެނެވެ. މެޓުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެލާޓް ނެރެފައިވަ ސަރަހައްދުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މި ދަނީ ހުޅނގު މޫސުމުގެ ވިއްސާރައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!