އާޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަނީ
ދެންމެ | 30 މެއި 2026

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންގެ ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންގެ ބަޔަކު މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާ ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ބިދޭސީންގެ ބަޔަކު އާޓިފިޝަލް ބީޗު ސަރަޙައްދުގައި މާރާމަރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ބިދޭސީންގެ ބަޔަކު އެކަކު އަނެކަކަށް އަތުން ހަމަލާދީ މާރާމާރީ ހިންގާ ތަނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!