ރައީސް ސޯލިހަށް ހަޖަމް ނުވިޔަސް އެމްޑީޕީ ޗެއަރޕާޝަން އިންތިހާބު ރައީސް ނަސީދު ދަމައިގަންނާނީ ލޮދިކޮށް: ރޮޒައިނާ
ދެންމެ | 02 ޖޫން 2026

އެމްޑީޕީ ޗެއަރޕާޝަން އިންތިހާބު ރައީސް ނަސީދު ދަމައިގަންނާނީ ލޮދިކޮށް ކަމަށް ކުރީގެ މަޖިލީސް މެމްބަރ ރޮޒައިނާ އާދަމް ބުނެފި އެވެ.

ރޮޒައިނާ ބުނީ ރައީސް ސޯލިހާއި ރީކޯ މޫސަ ފަދަ ބައެއް ބޭފުޅުންނަށް ހަޖަމް ނުވިނަމަވެސް އާއްމް މެމްބަރުންގެ ބޮޑު ތާއީދަކާއިއެކު ރައީސް ނަސީދު އިންތިހާބު ކާމިޔާބު ކުރާނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ވެރިިކަމުގައި ރައީސް ސޯލިހަށް އިންތިހާއަށް ތާއީދު ކުރައްވާފައިވާ ރޮޒައިނާ ބުނީ މިއަދުގެ ހަގީގަތަކީ ރައީސް ނަސީދު ކަމަށާއި އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ރައީސް ނަސީދުގެ ފަހަތުން މަސައްކަތް ކުރަން ތައްޔާރުވާން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމުގައި ހުޅުމާލޭން ބަހާލި ގޯތިތަކުން ވެސް ރޮޒައިނާގެ އާއިލާއަށް ގިނަ އަދަދެއްގެ ގޯތިތައް ލިބިފައިވެއެވެ. އަދި ރައީސް ނަސީދާއިއެކު ނަސީދުގެ ޓީމް އެމްޑީޕީން ބޭރުކުމުގައި ވެސް ރޮޒައިނާ ވަނީ އާދަޔާ ހިލާފް މަސައްކަތްތަކެއް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!